2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑިއަކީ 31 ޖަނަވަރީ 2016

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2015 ގެ ދެވަނަ އިންޓެރިމް ޕޭމަންޓް ދައްކައި، އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖަނަވަރީ 2016 އެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކަކުން ވެސް އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހެއެވެ. އެހެންކަމުން، 2015 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް މިހާތަނަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން މި ސުންގަޑިއަށް ސަމާލުވެ ވީހާ ވެސް އަވަހަށް އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި، އިންޓެރިމް ޕޭމަންޓް ދެއްކުމަށް މީރާއިން އިލްތިމާސްކުރެއެވެ. އިންޓެރިމް ޕޭމަންޓް ގެ ގޮތުގައި ދައްކަންޖެހެނީ 2014 ވަނަ އަހަރު ދައްކަންޖެހުނު ބީ.ޕީ.ޓީ ގެ ދެބައިކުޅަ އެއްބައެވެ.

އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލްކުރުމުން އެހީތެރިކަން ލިބޭނެއެވެ.

21-01-16