ގްރީން ޓެކްސް ގަވާއިދު ގެޒެޓުކޮށްފި

މި އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނެގުމާ ގުޅޭ ކަންކަން ހިމެނޭ ގްރީން ޓެކްސް ގަވާއިދު މިއަދު ގެޒެޓުކޮށްފިއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުލަވައިލައިފައިވާ މި ގަވާއިދުގައި، ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރުމާއި، ގްރީން ޓެކްސް ހިސާބުކުރުމާއި، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، އަދި ގްރީން ޓެކްސް ނެގުމާ ގުޅޭ އެ ނޫން ވެސް ކަންކަން ތަފުސީލުކޮށް ހިމަނައިފައި ވެއެވެ.

ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، ދުވާލަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ގްރީން ޓެކްސް ނެގުމަށްޓަކައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފައި ވަނީ 17 ޑިސެންބަރު 2014 ގައެވެ.

 

ގުޅުންހުރި ލިންކުތައް

1.      ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު:

http://www.mira.gov.mv/TaxLegislation/Sixth%20Amendment%20to%20Maldives%20Tourism%20Act_Green%20Tax_Dhivehi.pdf

2.       ގްރީން ޓެކްސް ގަވާއިދު:

http://www.gazette.gov.mv/gazette/download/3795

12-10-15