"ކޮބާ ރަސީދު؟" ކެމްޕޭންގެ ސެޕްޓެންބަރު މަހުގެ ނަސީބުވެރި ފަރާތަށް އިނާމު ހަވާލުކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "ކޮބާ ރަސީދު" ކެމްޕެއިން އަށް ސެޕްޓެންބަރު މަހުގައި ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ސ. ހިތަދޫ، ނައިޓް ސްޓާރ ޢަލީ އަލްޠާފް އަށް 3000 (ތިން ހާސް) ރުފިޔާ ހަވާލުކޮށްފިއެވެ. މިއަދު 14:00ގައި މީރާގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އެވެ.

1 އޮގަސްޓް އިން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 3،000 (ތިން ހާސް) ރުފިޔާގެ އިތުރުން މުޅި ކެމްޕެއިންގެ ތެރޭގައި އެންމެ ގިނަ ވިޔަފާރިތަކުން އެންމެ ގިނަ ރަސީދު ހުށަހެޅި ފަރާތަކަށް 20،000 (ވިހި ހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ސެޕްޓެންބަރު މަހުގެ ތެރޭގައި ޖުމުލަ 451 ބައިވެރިން 13,791 ރަސީދު މީރާ އަށް ފޮނުވާފައިވެއެވެ.

ގުޅުންހުރި ލިންކުތައް

1.      އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް:

              https://www.facebook.com/maldivesinlandrevenueauthority/posts/994185043971759

 

11-10-15