އޮޓޯ އިންވެސްޓްމަންޓްސް އިން ދައްކަންޖެހޭ ޖީ.އެސް.ޓީ އާއި ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އޮޓޯ އިންވެސްޓްމަންޓްސް ޕވޓ ލޓޑ އިން ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ( އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ގޮތުން އޮޓޯ އިންވެސްޓްމަންޓްސް ޕވޓ ލޓޑ އިން ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 108,735ރ. (އެއް ލައްކަ އަށް ހާސް ހަތް ސަތޭކަ ތިރީސް ފަސް ރުފިޔާ) 25 ސެޕްޓެންބަރު 2015 ގެ ކުރިން ދެއްކުމަށާއި، ކަނޑައެޅިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުންނާއި ޖީ.އެސް.ޓީ ނުދެއްކުމުގެ ސަބަބުން 30 އޮގަސްޓު 2015 އާ ހަމައަށް އަރައިފައިވާ 115,137/- (އެއް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ ތިރީސް ހަތް ރުފިޔާ) ގެ ޖޫރިމަނާއާއި، ފައިސާ ދައްކާ ތާރީޚާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، 30 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި އޮޓޯ އިންވެސްޓްމަންޓްސް ޕވޓ ލޓޑ ގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.

ގުޅުންހުރި ލިންކުތައް

1.       ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1276/Cv-C/2015 ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/20150831_Judgment_Auto_Investment.pdf

 

02-09-15