މީރާގެ މުވައްޒަފުންނަށް ފަސޭހަކަމާއެކު ހައުސިން ލޯނު ލިބޭ އެއްބަސްވުމެއްގައި އެޗް.ޑީ.އެފް.ސީ އާ އެކު ސޮއިކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންނަށް ލުއިފަސޭހަކަމާއެކު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އިން ހައުސިން ލޯނު ދޫކުރާ އެއްބަސްވުމެއްގައި މީރާއާއި އެ ކުންފުންޏާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ އޭ ޑީ ޕީ ބައްދަވިތާނާއެވެ.

މި އެއްބަސްވުމުގެ ދަށުން، އެޗް.ޑީ.އެފް.ސީ އިން ލޯނު ދޫކުރާ އެންމެ ދަށް ރޭޓުގައި، އެންމެ ދިގު މުއްދަތަށް، މީރާގެ މުވައްޒަފުންނަށް ލޯނު ދޫކުރެވޭނެއެވެ. އަދި ޑައުން ޕޭމަންޓް ދެއްކުމުގައި ވެސް ލުއި އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވީ މުވައްޒަފުންނަށް އެންމެ ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުމަށް މީރާއިން އަބަދުވެސް އިސްކަން ދޭ ކަމަށާއި، އެ ގޮތުން މީރާގެ މުވައްޒަފުންގެ 99% އަކީ އަމިއްލަ ގެދޮރު ނެތް މުވައްޒަފުންނަށް ވާތީ، މި އެއްބަސްވުމުގެ ދަށުން މީރާގެ މުވައްޒަފުންނަށް ލުއިފަސޭހަކަމާއެކު ބޯހިޔާވަހިކަން ހޯދުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިންކުތައް

1.      ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް:

   https://www.facebook.com/maldivesinlandrevenueauthority/posts/976391789084418   

03-09-15