މީރާއިން ނެރުނު 10,000 ރުފިޔާގެ ހަނދާނީ ރެވެނިއު ސްޓޭމްޕް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން މީރާއިން ނެރުނު 10,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ހަފްލާއެއްގައި މި ސްޓޭމްޕް ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. މީރާގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 13 އޮގަސްޓު ގައި ބޭއްވުނު އަހަރީ ހަފްލާގައި މި ސްޓޭމްޕް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދެވެ.

ޤާނޫނު ނަންބަރު 4/70 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) ގެ ދަށުން ރެވެނިއު ސްޓޭމްޕް ޖަހަންޖެހޭ ލިޔުންތަކުގައި ޖެހުމަށް މިހާތަނަށް ބޭނުންކުރަމުން އައި އެންމެ މަތީ އަދަދުގެ ސްޓޭމްޕަކީ 5,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕެވެ.

24-08-15