ރ. ފައިނު އޯކިޑްމާގެ އިބްރާހީމް ފަރީދު ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ގޮތުން އިބްރާހީމް ފަރީދު ދައުލަތަށް ދައްކަންޖެހޭ 193,896ރ. (އެއް ލައްކަ ނުވަދިހަ ތިން ހާސް އަށް ސަތޭކަ ނުވަދިހަ ހަ ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާ، 18 އޮގަސްޓު 2015 އިން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި އިބްރާހީމް ފަރީދުގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
ގުޅުންހުރި ލިންކުތައް
1. ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1733/Cv-C/2014 ގެ ޙުކުމް:
https://www.mira.gov.mv/legal_decisions/20150831_Judgment_Auto_Investment.pdf