މީރާގެ "ކޯޕަރޭޓް އައިޑެންޓިޓީ" އިފްތިތާޙްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "ކޯޕަރޭޓް އައިޑެންޓިޓީ" އިފްތިތާޙްކޮށްފިއެވެ. މީރާގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 13 އޮގަސްޓު ގައި ބޭއްވުނު ހަފްލާގައި ކޯޕަރޭޓް އައިޑެންޓިޓީ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ.

މީރާގެ ކޯޕަރޭޓް އައިޑެންޓިޓީ ތައާރަފުކުރެވުމާއެކު މީރާއިން ތައްޔާރުކުރާ މާކެޓިން މެޓީރިއަލްތަކުގައާއި ލިޔުންތަކުގައާއި ސްޓޭޝަނަރީގައި މި އައިޑެންޓިޓީ ރަމްޒުކުރެވި، މީރާގެ ބްރޭންޑް އައިޑެންޓިޓީ މިހާރަށްވުރެ ފުރިހަމަވެގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

  

17-08-15