10,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް މީރާއިން ނެރެފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 10,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ތައާރަފުކޮށްފިއެވެ. މީރާގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 13 އޮގަސްޓު ގައި ބޭއްވުނު ހަފްލާގައި މި ސްޓޭމްޕް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދެވެ.

ޤާނޫނު ނަންބަރު 4/70 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) ގެ ދަށުން ރެވެނިއު ސްޓޭމްޕް ޖަހަންޖެހޭ ލިޔުންތަކުގައި ޖެހުމަށް މިހާތަނަށް ބޭނުންކުރަމުން އައި އެންމެ މަތީ އަދަދުގެ ސްޓޭމްޕަކީ 5,000 ރުފިޔާގެ ރެވެނިއު ސްޓޭމްޕެވެ.

 

17-08-15