މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ 'ޓެކްސް ވީކް' ގެ ހަރަކާތެއްގެ ގޮތުންނާއި މިނިވަން 50 ގެ މުނާސަބަތުގައި ކުޑަކުދިންގެ ހަވީރެއް14 އޮގަސްޓު 2015 ވާ ހޮނިހިރު ދުވަހުގެ 16:00 ން 18:00 އަށް ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
ކުޑަކުދިންނަށް ޚާއްޞަކޮށް ބާއްވާ މި ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ އެކިއެކި ކުޅިވަރުތަކާއެކު ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހުނަރު ދައްކާ ޝޯތަކާއި ސެލްފީ ނެގުމާއި ފޭސް ޕެއިންޓް، މިއުޒިކަލް ޗެއަރ، ދަޅު ވައްޓާ، ފުޓުބޯޅަ އަދި މި ނޫން އެތައް ބައިވަރު ކުޅިވަރުތަކެއް ހިމެނެއެވެ.