އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދުގެ ދަށުން ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކުމަށްވަނީ ލާޒިމްކޮށްފައިކަމަށް މީރާއިން ހާމަކޮށްފިއެވެ. މިގޮތުން ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުންގެ ގޮތުގައި ކަނޑައަޅައިފައިވަނީ އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 100 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކެވެ.
މިފަދަ ފަރާތްތަކުން އޮންލައިންކޮށް މީރާކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅައި މީރާކަނެކްޓް ނުވަތަ އެމް.އަރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ އާމްދަނީގެ ބާވަތްތަކަކީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ، ވިތުހޯލްޑިންގ ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ކުންފުނި އަހަރީ ފީ އަދި ވެހިކަލް ފީ އެވެ. މި އާމްދަނީގެ ބާވަތްތަކާ ގުޅޭ ގޮތުން 1 ޖަނަވަރީ 2016 ގެ ފަހުން ހުށަހަޅާ ޓެކްސް ބަޔާންތައް އަދި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށްގެން ކަމަށް މީރާއިން މައުލޫމާތު ދެއެއެވެ.
ގުޅުންހުރި ލިޔުންތައް
1. ޓެކްސް ރޫލިންގ – ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމްކުރުން:
https://www.mira.gov.mv/TaxLegislation/Tax_Ruling_A3_(Gazette).pdf