ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2015 ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަކީ 31 ޖުލައި 2015 ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. އެހެން ނަމަވެސް 31 ޖުލައި 2015 އަކީ ރަސްމީ ބަންދު ދުވަހެއްކަމުން، އެ ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 2 އޮގަސްޓް 2015 އެވެ.
ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހެއެވެ. އެހެންކަމުން، މިހާތަނަށް 2015 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، މި ސުންގަޑިއަށް ސަމާލުވެ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމަށް މީރާއިން އިލްތިމާސް ކުރެއެވެ. އިންޓެރިމް ޕޭމަންޓް ގެ ގޮތުގައި ދައްކަންޖެހެނީ ފާއިތުވެދިޔަ އަހަރު ދައްކަންޖެހުނު ބީ.ޕީ.ޓީ ގެ ދެބައިކުޅަ އެއްބައެވެ.
އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލްކުރުމުން އެހީތެރިކަން ލިބޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.