އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އާއި ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވައިފި

އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އަދި ޖީ.އެސް.ޓީ ދައްކަންޖެހޭ ތާރީޚަށް ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާއާއި ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީޚަށް ބަޔާން ހުށަނޭޅުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

މި ގޮތުން، އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޓެކުހާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 154,918ރ. 2 ޖުލައި 2015 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް، އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޢައިރުޙާޟިރުގައި، ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

1.       ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 166/Cv-C/2015 ގެ ޙުކުމް: https://www.mira.gov.mv/legal_decisions/20150702_Civil_Court_Judgment_Artline.pdf

02-07-15