ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އަމިއްލަ ފަރުދުންނާއި، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު 31 ޑިސެމްބަރު 2014 އަށް ނިމޭ އެހެނިހެން ފަރާތްތަކުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި، ބީ.ޕީ.ޓީ ގެ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އަކީ މާދަމާ 30 ޖޫން 2015 ކަމުން، އެކަމަށް ހުރިހާ ޓެކްސްދައްކާ ފަރާތްތައް ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފިއެވެ.

އަމިއްލަ ފަރުދުންގެ ތެރެއިން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެ ފަރާތަކަށް 2014 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީ 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއަށް އެރުން، ނުވަތަ 2014 ވަނަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާއަށް އެރުން، މި ދެ ޝަރުތުން ކުރެ ޝަރުތެއް ހަމަވާނަމަ، ނުވަތަ 2013 ވަނަ އަހަރު އެ ފަރާތުން ބީ.ޕީ.ޓީ ބަޔާނެއް ހުށަހަޅައިފައިވާނަމަ ނުވަތަ ހުށަހަޅަންޖެހުނު ކަމަށް ވާ ނަމައެވެ. ނަމަވެސް ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިނަމަވެސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން، ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި، ޕާރޓްނަރޝިޕްތަކާއި ކުންފުނިތަކުން އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރާކަށް ނުޖެހޭނެއެވެ. އަދި ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާއިން ފެށިގެން އިތުރުކަމުގައިވާނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކޮށް، އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން، ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލް ކުރުމުން، ނުވަތަ މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރުމުން މަޢުލޫމާތު ލިބިގެންދާނެއެވެ.

29-06-15