ރަމަޟާން މަހު މީރާއިން ޚިދުމަތް ދޭ ގަޑިތައް ހާމަކޮށްފި

1436 ވަނަ އަހަރުގެ ރަމަޟާން މަހުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚިދުމަތް ދޭނެ ގަޑިތައް ހާމަކޮށްފިއެވެ. ރަމަޟާން މަހު ހަފްތާއަކު ހަ ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ.

ޓެކްސް ނުވަތަ އެހެނިހެން ފީ ދެއްކެވުމަށް އަދި ރަޖިސްޓްރޭޝަންގެ ޚިދުމަތް ހޯއްދެވުމަށް މީރާއަށް ވަޑައިގަންނަ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް 10:00 އިން 14:30 އަށް ނަންބަރު ދޫކުރެވޭނެއެވެ. އަދި މީރާގެ އިންފޮމޭޝަން ކައުންޓަރަށް ވަޑައިގަންނަވާ ފަރާތްތަކަށް ނަންބަރު ދޫކުރެވޭނީ 10:00 އިން 15:00 އަށެވެ. އަދި މީރާގެ ހުރަވީ ކަލެކްޝަން ސެންޓަރުން 'ވިސާ' ޓޯކަން ނަންބަރު ދޫކުރެވޭނީ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް 10:00 އިން 13:00 އަށް ކަމަށާއި، 'ވިސާ އެކްސްޕްރެސް' ޓޯކަން ދޫކުރެވޭނީ 10:00 އިން 14:00 އަށް ކަމަށް އެ އޮތޯރިޓީއިން މައުލާމާތު ދެއެވެ. އަދި އޮފީސް ހުޅުވިފައިވާ ކޮންމެ ދުވަހަކު އޮފީސް ހުޅުވާ ގަޑިން ފެށިގެން 15:00 އަށް ސިޓީ އާއި އެހެނިހެން ތަކެތި އިދާރީ ކައުންޓަރުން ބަލައިގަނެވޭނެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ހޮނިހިރު ދުވަހު (20 ޖޫން) ގައި މީރާގެ އޮފީސްތައް ބަންދުވާނެއެވެ.

16-06-15