މީރާގެ އޮންލައިން ޕޭމަންޓް ސިސްޓަމް ޕްރޮމޯޓްކުރުމަށް ހޮނިހިރު ދުވަހު ރޯޑްޝޯ އެއް ބާއްވަނީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ވަސީލަތްތަކަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން އަހުލުވެރިކުރުމުގެ ގޮތުން، 13 ޖޫން 2015 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން 6:00 އަށް ސޯޝަލް ސެންޓަރުގައި ރޯޑްޝޯ އެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މި ރޯޑްޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ކުޅިވަރުތަކަކާއެކު، އާންމުންނަށާއި ވިޔަފާރިވެރިންނަށް ޓެކުހާބެހޭ މައުލޫމާތު ދެވޭނެ ގޮތަކަށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، މީރާކަނެކްޓް ޚިދުމަތަށާއި ވާރު ކާޑަށް އެދޭ ފޯމް މީރާއަށް ވަގުތުން ހުށަހެޅޭނެ އިންތިޒާމު ވެސް މި ރޯޑްޝޯ ގައި ހަމަޖެހިފައިވާނެއެވެ. މީގެ އިތުރުން 30 ޖޫން 2015 ގައި ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދިނުމަށް ވެސް މީރާގެ ޓީމުތަކެއް މި ސަރަހައްދުތަކުގައި ތިބޭނެއެވެ.

11-06-15