ވާރު ކާޑަށް އެދޭ ފޯމު މިހާރު ޑައުންލޯޑް ކުރެވޭނެ: މީރާ

މީރާއަށް ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ވާރު ކާޑުގެ އެޕްލިކޭޝަން ފޯމް މިހާރު މީރާގެ ވެބްސައިޓް www.mira.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. ވާރު ކާޑަކީ މީރާއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފްކޮށްފައިވާ، ހަމައެކަނި މީރާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ޑެބިޓް ކާޑެކެވެ.

ވާރު ކާޑަކީ މީރާކަނެކްޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހިލޭ ދޫކުރެވޭ ކާޑެކެވެ. އަމިއްލަ ފަރުދުންގެ އިތުރުން ކުންފުނިތަކަށް ވެސް ވާރު ކާޑު ދޫކުރެވޭނެއެވެ. ރުފިޔާ އަދި ޑޮލަރު އަކައުންޓުތަކަށް ވަކި ވަކި ކާޑުތައް ދޫކުރެވޭނެއެވެ. މި ކާޑު މެދުވެރިކޮށް ބީ.ޕީ.ޓީ، ޖީ.އެސް.ޓީ، ވެހިކަލް ފީ، ކުންފުނި އަހަރީ ފީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެގްރިކަލްޗުރަލް ލޭންޑް ރެންޓް ދެއްކޭނެއެވެ.

ވާރު ކާޑަށް އެދުމަށް މީރާގެ ވެބްސައިޓުން އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރުމަށްފަހު މީރާއަށް ހުށަހަޅުމަށް މީރާއިން އެދެއެވެ. މި ކާޑާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.

01-06-15