މީރާއިން ޓެކްސް އޭޖެންޓުންނަށް ސީ.ޕީ.ޑީ ޕްރޮގްރާމެއް ހިންގައިފި

މީރާއިން ލައިސަންސް ދޫކޮށްފައިވާ ޓެކްސް އޭޖެންޓުން، ޓެކްސް އޭޖެންޓުންގެ ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ކޮންޓިނުއިން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ސީ.ޕީ.ޑީ) ގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ. 29 އިން 30 މާރިޗަށް ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި 26 ފަރާތަކުން ބައިވެރިވެފައިވެއެވެ. ޓެކްސް އޭޖެންޓުންގެ އިތުރުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރުންގެ ތެރެއިން ގިނަ ފަރާތްތަކެއް ވެސް މި ސީ.ޕީ.ޑީ ޕްރޮގްރާމުގައި ބައިވެރިވިއެވެ.

 

ސީ.ޕީ.ޑީ ޕްރޮގްރާމަކީ މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓެކްސް އޭޖެންޓުން ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކާއި، މި ނޫން ވެސް ޓެކްސް އޭޖެންޓުންނަށް އެނގުން މުހިއްމު މައުލޫމާތުތަކަށް އެ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން މީރާއިން ހިންގާ ޕްރޮގްރާމެކެވެ. މި ގޮތުން ކޮންމެ އަހަރަކު ވެސް މަދުވެގެން މި ފަދަ 4 ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 

31-03-15