ކުންފުނި އަހަރީ ފީ ދެއްކުމުގެ ސުންގަޑި

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ ސުންގަޑި ކައިރިވަމުން އަންނާތީ ހުރިހާ ކުންފުނިތަކުން އެ ކަމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ. 2015 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ ދެއްކުމުގެ ސުންގަޑިއަކީ 31 މާރިޗު 2015 އެވެ. ޕްރައިވެޓް ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ އަކީ 2,000ރ. އެވެ. އަދި ޕަބްލިކް ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ އަކީ 10,000ރ. އެވެ.

ސުންގަޑިއަށް ފައިސާ ނުދައްކާ ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާ ވާނެއެވެ. ނަމަވެސް މި ތާރީޚު (31 މާރިޗު) ގެ ކުރިން އުވާލުމަށް ހުށަހަޅައިފައިވާ ކުންފުނިތަކުން މި އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއްނުވެއެވެ. މިއާ ޚިލާފަށް، ކުންފުނި އުވާލަން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅައިފައިވަނީ އެ އަހަރެއްގެ 31 މާރިޗުގެ ފަހުން ކަމުގައިވާނަމަ އެ އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެއެވެ.

ވީމާ، 2015 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ މިހާތަނަށް ދައްކައިފައިނުވާ ކުންފުނިތަކުން 31 މާރިޗު 2015 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.

10-03-15