މީރާގެ ފުވައްމުލަކު ކަލެކްޝަން ސެންޓަރުން ޚިދުމަތް ދޭން ފަށައިފި

މީރާއިން ދޭ ޚިދުމަތްތައް، ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ވީހާ ވެސް ގާތުން ފޯރުވައިދިނުމަށް ކުރަމުން ދާ މަސައްކަތުގެ ދަށުން، ފުވައްމުލަކުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ޤާއިމްކޮށްފިއެވެ. މި ކަލެކްޝަން ސެންޓަރު ޤާއިމްކޮށްފައިވަނީ އެ ރަށުގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހުގައި (ކުރީގެ އަތޮޅުގޭގެ އިމާރާތުގައި) އެވެ. އެހެންކަމުން، މި ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަލައިގަތުމުގެ އިންތިޒާމު މި ކަލެކްޝަން ސެންޓަރުގައި ހަމަޖެހިފައިވާނެއެވެ.

މީގެ އިތުރުން، މީރާގެ ބްރާންޗެއް ފ އަތޮޅުގައި ހުޅުވުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެއެވެ. އަދި މިހާރު ވެސް ހދ. ކުޅުދުއްފުށީގައި މީރާގެ ބްރާންޗުން ޚިދުމަތްދެމުން ދެއެވެ.

08-03-15