އިންޓަރލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބެޑް ޓެކްސް ޝީޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވައިފި

އިންޓަރލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބެޑް ޓެކްސް ޝީޓް ހުށަހަޅަން ޖެހޭ ސުންގަޑިއަށް ހުށަހަޅާފައިނުވުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

 

މި ގޮތުން، އިންޓަރލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޮގަސްޓް 2008 އިން ފެބުރުވަރީ 2009 އަށް ބެޑް ޓެކްސް ޝީޓް ހުށަހަޅާފައިނުވުމުން ކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 35,000/-ރ. 12 ފެބުރުވަރީ 2015 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.

17-02-15