ޓްރޫ ނޯތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖީ.އެސް.ޓީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވައިފި

ޓްރޫ ނޯތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ ދައްކަންޖެހޭ ތާރީޚަށް ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާއާއި ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީޚަށް ބަޔާން ހުށަނޭޅުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

މި ގޮތުން، ޓްރޫ ނޯތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 108,032.35ރ. 11 ފެބުރުވަރީ 2015 އިން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.

12-02-15