ޑްރީމްސް އިލެކްޓްރޯނިކްސް އިން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވައިފި

ޑްރީމްސް އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

މިގޮތުން ޑްރީމްސްކ އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑުން ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 316,366/- (ތިންލައްކަ ސޯޅަހާސް ތިންސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އަދި ކަނޑައެޅިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން 21 އޮގަސްޓް 2014 އާ ހަމަޔަށް ކުރެވިފައިވާ 141,447/- (އެއްލައްކަ ސާޅީސް އެއްހާސް ހަތަރު ސަތޭކަ ސާޅީސް ހަތް ރުފިޔާ) ގެ ޖޫރިމަނާއާއެކު ޖުމުލަ 457,813/- (ހަތަރުލައްކަ ފަންސާސްހަތްހާސް އަށްސަތޭކަ ތޭރަ ރުފިޔާ)، 1 ފެބުރުވަރީ 2015 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.

02-02-15