ހ. ނަސީމީ މުޙައްމަދު އަލްޠާފް ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.
މިގޮތުން މުޙައްމަދު އަލްޠާފް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 41,849/- (ސާޅީސް އެއް ހާސް އަށް ސަތޭކަ ނުވަ ރުފިޔާ) އަދި ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅައި ފައިސާ ނުދެއްކުމުން 3 ފެބުރުވަރީ 2015 އާ ހަމަޔަށް ކުރެވިފައިވާ ޖޫރިމަނާއާއެކު ޖުމުލަ 100,605/- (އެއް ލައްކަ ހަ ސަތޭކަ ފަސް ރުފިޔާ)، 5 ފެބުރުވަރީ 2015 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.