2014 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 1 ފެބުރުވަރީ 2015

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2014 ގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމުގައިވާ 31 ޖަނަވަރީ 2015 އަކީ ރަސްމީ ބަންދު ދުވަހެއްކަމުން، އެ ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 1 ފެބުރުވަރީ 2015 އެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހެއެވެ. އެހެންކަމުން، މިހާތަނަށް 2014 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން، މި ސުންގަޑިއަށް ސަމާލުވެ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމަށް މީރާއިން އިލްތިމާސް ކުރަމެވެ.

މީގެ އިތުރުން، އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ޖަނަވަރީ 25 އިން 29 އަށް މީރާ، ވެލާނާގެ އަދި އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގައި އިންފޮމޭޝަން ޑެސްކް ޖުހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

06-01-15