ނޮވެންބަރު މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 804.2 މިލިއަން ރުފިޔާ ލިބިއްޖެ

2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 804.2 (އަށް ސަތޭކަ ހަތަރެއް ޕޮއިންޓް ދޭއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 37.8 (ތިރީސް ހަތެއް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

804.2 (އަށް ސަތޭކަ ހަތަރެއް ޕޮއިންޓް ދޭއް) މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ %61.9 (ފަސް ދޮޅަސް އެކެއް ޕޮއިންޓް ނުވައެއް އިންސައްތަ) އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ނޮވެންބަރު މަހު ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ ގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އިތުރުވުމެވެ. މީގެ އިތުރުން އެއާޕޯޓް ސަރވިސް ޗާރޖް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ވަނީ ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅައިބަލާއިރު ވަރަށްބޮޑަށް އިތުރުވެފައެވެ.

ވޭތުވެދިޔަ ނޮވެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިން އަދި މިއީ ޖުމްލަ އާމްދަނީގެ %44.4 (ސާޅީސް ހަތަރެއް ޕޮއިންޓް ހަތަރެއް އިންސައްތަ) އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ޖުމްލަ އާމްދަނީގެ 23.8% (ތޭވީސް ޕޮއިންޓް އަށެއް އިންސައްތަ) އެވެ. މީގެ އިތުރުން ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ނޮވެންބަރު މަހުގެ ޖުމްލަ އާމްދަނީގެ %10.2 (ދިހައެއް ޕޮއިންޓް ދޭއް އިންސައްތަ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ބީ.ޕީ.ޓީގެ ގޮތުގައި 5.2% (ފަހެއް ޕޮއިންޓް ދޭއް އިންސައްތަ) އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 5.2% (ފަހެއް ޕޮއިންޓް ދޭއް އިންސައްތަ) ލިބިފައިވެއެވެ. 

14-12-14