1 ޑިސެންބަރު 2014 އިން ފެށިގެން އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޖީ.އެސް.ޓީ ނަގާނީ %6 ގައި

2 އޮކްޓޫބަރު 2011 އިން ފެށިގެން ޢަމަލުކުރަމުން އަންނަ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 1 ޑިސެންބަރު 2014 ގައި ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން %6 ގައި ޖީ.އެސް.ޓީ ނެގުމަށް ވަނީ ކަނޑައަޅާފައެވެ. މި އިސްލާހުގެ ދަށުން އެތެރޭގެ އުދުހުން ތަކުން %6 ގައި ޖީ.އެސް.ޓީ ނެގޭނީ ހަމައެކަނި ދިވެހިންގެ އަތުންނެވެ. ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުން ޖީ.އެސް.ޓީ ނެގޭނީ %12 ގެ ރޭޓުންނެވެ.

މީގެ އިތުރުން، މި އިސްލާހުގެ ދަށުން ޓޫރިޒަމް ޚިދުމަތް ދޭ ތަންތަނުގައި މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ފިހާރަތަކުން ވެސް ޖީ.އެސް.ޓީ ނެގުމަށް ކަނޑައަޅާފައިވަނީ %6 ގެ ރޭޓުންނެވެ. މިގޮތުން 1 ޑިސެންބަރު 2014 އިން ފެށިގެން ސްޓާފް ޝޮޕްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ޖީ.އެސް.ޓީ ނަގަން ޖެހޭނީ %6 ގެ ރޭޓުންނެވެ.

01-12-14