ކުހުގެ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މީރާއިން ބާއްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން ރޭ، 23 ސެޕްޓެންބަރު 2014، ގައި ޓެކުހާ ގުޅޭ މައުލޫމާތު ދިނުމަށް ޕަބްލިކް ލެކްޗަރެއް ބާއްވައިފިއެވެ. މި ލެކްޗަރުގައި މައުލޫމާތު ދެއްވީ އޭޝިއަން ޑެވެލޮޕްމަންޓް ބޭންކުން މީރާއަށް އައްޔަންކޮށްފައިވާ ކޮންސަލްޓަންޓް ޑޮކްޓަރ ކެވިން ހޯމްސްއެވެ. ޑޮކްޓަރ ހޯމްސް އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޓެކުހުގެ ނިޒާމު ހަރުދަނާކުރުމަށް ލަފާ ދެއްވާފައިވާ، ޓެކުހުގެ ތަޖުރިބާކާރު މާހިރެކެވެ. ރޭގެ ލެކްޗަރަށް ގިނަ އަދަދެއްގެ އާންމުންނާއި ކިޔަވާކުދިން އައިސްފައިވެއެވެ.

‘Features underlying a good tax system’ ގެ ނަމުގައި ރޭ ބޭއްވި މި ލެކްޗަރަކީ މީރާއިން ކުރިއަށް ގެންދާ ‘Taxation in Maldives’ ލެކްޗަރ ސީރީސްގެ ފުރަތަމަ ލެކްޗަރެވެ. އަދި މި ފަދަ އިތުރު ލެކްޗަރުތައް ކުރިއަށް އޮތް ތަނުގައި ބޭއްވޭނެއެވެ. މި ފަދަ ލެކްޗަރުތައް ބޭއްވުމުގެ ބޭނުމަކީ ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިން އަދި އާންމު ފަރުދުން ޓެކުހުގެ ކަންކަމަށް އަހުލުވެރިކުރުވުމެވެ. އަދި މީރާއިން މިގޮތަށް ބާއްވާ ޕަބްލިކް ލެކްޗަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާނެއެވެ.

މި ލެކްޗަރު ރާވައި އިންތިޒާމުކުރުމުގައި އެމް.އެން.ޔޫ އިން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް މީރާއިން ޝުކުރު އަދާކުރެއެވެ.

24-09-14