ރަން ލާރި އެވޯޑް 11 ފަރާތަކަށް ލިބިއްޖެ

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ 'ރަން ލާރި' އެވޯޑް ރޭ މީރާގެ އަހަރީ ދުވަހުގެ ހަފްލާގައި 11 ފަރާތަކަށް ލިބިއްޖެއެވެ.

މި އެވޯޑް ލިބިފައިވަނީ ވަކި ފަރުދުންގެ ގިންތިން 5 ފަރާތަށާއި، ކޯޕަރޭޓް ގިންތިން 5 ފަރާތަށާއި، ސަރުކާރު ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ގިންތިން 1 ފަރާތަކަށެވެ. މިގޮތުން ވަކި ފަރުދުންގެ ގިންތިން މި އެވޯޑް ލިބިފައިވާ ފަރާތްތަކަކީ ހުސައިން މޫސާ، އިބްރާހީމް އަލިމަނިކު، އާމިނަތު ޝެޒްނީ ވަޙީއްދީން، އަލްމަރްޙޫމް ޙުސައިން ޝާކިރު އަދި އޭން-މެރީ ސްޓިއަރލި ސިލްވާނީ އަށެވެ. ކޯޕޮރޭޓް ގިންތިން މި އެވޯޑް ލިބިފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޓްރާންސް މޯލްޑިވިއަން އެއަރވޭޒް ޕްރައިވެޓް ލިމިޓެޑް، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި ސަންލެންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ގިންތިން  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ވަނީ މި އެވޯޑް ލިބިފައެވެ.

12-08-14