މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މީރާގެ މުވައްޒަފުން ހިންގާ މީރާ ކްލަބުން މިއަދު ލޭ ހަދިޔާކޮށްފިއެވެ. މީރާގެ 4ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިންގަމުންދާ "ޓެކްސް ވީކް" ގެ ހަރަކާތްތަކުގެ ތެރެއިން 'ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް" ގެ ނަމުގައި ހިންގި މި ހަރަކާތަކީ މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ޑޯނަރސް އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިއަދު މެންދުރު 2:00 އިން ހަވީރު 5:00 އަށް މީރާގައި މިކަމަށް ހާއްސަކުރެވިގެން ތައްޔާރުކުރެވުނު ބްލަޑް ކޭމްޕެއްގައި ގިނަ އަދަދެއްގެ މީރާގެ މުއައްޒަފުންގެ އިތުރުން އާންމުންގެ ތެރެއިން ބައެއް ފަރާތްތަކުން ވެސް ލޭ ހަދިޔާކުރައްވާފައިވެއެވެ.

ލޭހަދިޔާ ކުރުމުގެ މި ޕްރޮގްރާމަކީ މީރާއިން މިދިޔަ އަހަރު ފެށި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. އަދި މީރާއިން ކޮންމެ އަހަރަކު ވެސް ލޭހަދިޔާކުރުމުގެ މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މިއަދުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޯލްޑިވިއަން ބްލަޑް ޑޮނަރސް އާއި މޯލްޑިވްސް ބްލަޑް ސަރވިސަސް އިން މީރާއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް މި އޮތޯރިޓީން އެ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.

07-08-14