'ހެލްޕް ޣާޒާ' ފަންޑަށް މީރާ މުއައްޒަފުން އެހީވާން ނިންމައިފި

އިޒްރޭލުގެ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުއައްޒަފުން އެއް ދުވަހު މުސާރަ އާއި އެލަވަންސް 'ހެލްޕް ޣާޒާ' ފަންޑަށް ހަދިޔާކުރުމަށް ނިންމައިފިކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.                  

މިގޮތުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ހުޅުވާފައިވާ ފަންޑަށް މީރާގެ މުއައްޒަފުން، ސީނިއަރ މެނޭޖްމަންޓް އަދި ބޯޑް މެންބަރުން ވެސް އެ ފަރާތްތަކުގެ އެއް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ހަދިޔާކުރުމަށް ވަނީ ހަމަޖައްސާފައެވެ. މީރާއަކީ އަބަދުވެސް އެކި އެކި އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވާ މުއައްސަސާއެއް ކަމަށާއި ކުރިއަށް އޮތްތާގައި ވެސް މިގޮތުގައި ދެމި ތިބޭނެކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. 

07-08-14