މީރާއިން އޯޕަންޑޭ އެއް ބާއްވަނީ

ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުން ރާއްޖޭގައި ޤާއިމްކުރެވިފައިވާ ޓެކުހުގެ ނިޒާމަށް އަޙުލުވެރިކުރުމުގެ ގޮތުން މީރާއިން ކުރިއަށް ގެންދާ 'ޓެކްސް ވީކް' ގެ ހަރަކާތެއްގެ ގޮތުގައި މާދަމާ 'މީރާ އޯޕަންޑޭ' އެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މާދަމާ ހެނދުނު 9:30 އިން ހަވީރު 5:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އޯޕަންޑޭގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އާންމުންނަށާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނުމެވެ. މިގޮތުން މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މީރާގެ އެކި ޑިޕާރޓްމަންޓްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން، އެ ފަރާތެއް ކިޔަވާ ނުވަތަ ކިޔަވާފައިވާ ދާއިރާއާއި ގުޅިގެން މީރާގައި އަދާ ކުރެވޭނެ ވަޒީފާތަކުގެ މައުލޫމާތު ދެވޭނެއެވެ. އަދި މީރާގެ އެކި ޑިޕާރޓްމަންޓުތަކަށް ޒިޔާރަތްކޮށް އެ ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކޮށް، ސުވާލުކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

މާދަމާގެ 'މީރާ އޯޕަންޑޭ' އަށް ގިނަ ފަރާތްތަކެއް ޒިޔާރަތްކުރާނެކަމަށް މި އޮތޯރިޓީން  އުންމީދު ކުރަމެވެ.

05-08-14