2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑި އަކީ 3 އޮގަސްޓް 2014

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2014 ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 3 އޮގަސްޓް 2014 ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކުރައްވައިފިއެވެ. ކޮންމެ އަހަރެއްގެ 31 ޖުލައި އަށް އަންނަ މި ސުންގަޑި 3 އޮގަސްޓަށް ބަދަލުވެފައިވަނީ 31 ޖުލައި ޢީދު ބަންދު ތެރޭގައި އަންނާތީކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން 3 އޮގަސްޓް 2014 ގެ ކުރިން ފައިސާ ދައްކައި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރައްވައެވެ.

މީގެ އިތުރުން ޖޫން 2014 އަދި 2014 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިކަމުގައިވާ 28 ޖުލައި 2014 ވެސް އީދު ބަންދުގައި އައުމާ ގުޅިގެން އެ ސުންގަޑިއަކީ ވެސް މިހާރު 3 އޮގަސްޓް 2014 ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

        27 ޖުލައި 2014 އިން ފެށިގެން 2 އޮގަސްޓް 2014 އަށް މީރާ ބަންދުވާނެކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.  

24-07-14