މީރާގެ އިންފޮމޭޝަން އޮފިސަރ އަދި މީޑީއާ އޮފިސަރ އައްޔަން ކުރުން

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި އެ އޮތޯރިޓީގެ ޑިރެކްޓަރ، ޓެކްނިކަލް ސަރވިސް އެންޑް ޕްލޭނިންގ، އަސްމާ ޝަފީޢު (ފޯން: 3339545) ހަމަޖައްސައިފިއެވެ.

މިޤާނޫނުގެ ދަށުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން MIRA 907 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭ ފޯމް) ފުރިހަމަ ކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހެޅުމުން ޤާނޫނުގައިވާ ގޮތުގެމަތިން މައުލޫމާތު ދެވޭނެއެވެ. މި ފޯމް މީރާގެ ވެބްސްއިޓް www.mira.gov.mv  އަދި އެ އޮތޯރިޓީގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުގައި ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ރ) ގެ ދަށުން މީރާއިން ކަނޑައަޅަން ޖެހޭ މީޑިއާ އޮފިސަރުގެ ގޮތުގައި އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް، އޮޑިޓް އެންޑް އިންވެސްޓިގޭޝަން، ފަތުހުﷲ ޖަމީލް (ފޯން: 3339530) އައްޔަން ކޮށްފައިވެއެވެ.

މީރާއަކީ މިހާތަނަށް ވެސް މި އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް ދެ ފުށް ފެންނަ އުސޫލަކުން ކުރަމުން ދާ މުއައްސަސާއެކެވެ. އަދި މިކަން މި އޮތޯރިޓީން ގަވާއިދުން ނެރެމުންދާ ރެވެނިއު ރިޕޯޓްތަކާއި އިތުރު ޕަބްލިކޭޝަންސްތަކުން އެނގިގެން ދާނެއެވެ. އަދި  މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެދަށުން މަޢުލޫމާތު ހޯއްދެވުމަށް މީރާއަށް ހުށަހަޅުއްވާ ފަރާތްތަކަށް ޤާނޫނުގެ ދަށުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން މީރާއިން ދޭނެއެވެ.

15-07-14