2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑި ކައިރިވަނީ

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2014 ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2014 އެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން މި ތާރީޚުގެ ގެ ކުރިން ފައިސާ ދައްކައި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރައްވައެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ. އަމިއްލަ ފަރުދުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހެނީ އެ ޓެކްސް އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް އަރާ ފަރާތްކާއި، އެ ފަރާތެއްގެ ޖުމުލަ އާމްދަނީ 750,000ރ (ހަތް ލައްކަ ފަންސާސް ހާސް ރުފިޔާ) އަށް އަރާ ފަރާތްތަކުންނެވެ. އަމިއްލަ ފަރުދުން ނޫން އެހެން ހުރިހާ ޤާނޫނީ ޝަޚްސުން ކިތަންމެ ކުޑަ ވިޔަފާރިއެއް ކުރިނަމަވެސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.

ޖުލައި މަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިއްމު ސުންގަޑިތަކެއް އަންނަ ހަފްތާއެއްކަމުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ދުރާލާ މި ސުންގަޑިއަށް ސަމާލުވުން މުހިއްމެވެ.

15-07-14