ރަމަޟާން މަހު މީރާއިން ޚިދުމަތް ދޭ ގަޑިތައް ހާމަކުރައްވައިފި

1435 ވަނަ އަހަރުގެ ރަމަޟާން މަހުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚިދުމަތް ދޭނެ ގަޑިތައް މިއަދު އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ. ރަމަޟާން މަހު ހަފްތާއަކު ހަ ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

ޓެކްސް ނުވަތަ އެހެނިހެން ފީ ދެއްކެވުމަށް އަދި ރަޖިސްޓްރޭޝަންގެ ޚިދުމަތް ހޯއްދެވުމަށް މީރާއަށް ވަޑައިގަންނަ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް 10:00 އިން 14:30 ނަންބަރު ދޫކުރެވޭނެކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. އަދި މީރާގެ އިންފޮމޭޝަން ކައުންޓަރަށް ވަޑައިގަންނަވާ ފަރާތްތަކަށް ނަންބަރު ދޫކުރެވޭނީ 10:00 އިން 15:00 އަށް ކަމަށް ވެސް މިރާއިން މައުލޫމާތު ދެއްވައެވެ. އަދި މީރާގެ ހުރަވީ ކައުންޓަރުތަކުން 'ވިސާ' ޓޯކަން ނަންބަރު ދޫކުރެވޭނީ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް 10:00 އިން 13:30 އަށް ކަމަށާއި، 'ވިސާ އެކްސްޕްރެސް' ޓޯކަން ދޫކުރެވޭނީ 10:00 އިން 14:30 އަށް ކަމަށް އެ އޮތޯރިޓީއިން މައުލާމާތު ދެއްވައެވެ. އަދި އޮފީސް ހުޅުވިފައިވާ ކޮންމެ ދުވަހަކު އޮފީސް ހުޅުވާ ގަޑިން ފެށިގެން 15:00 އަށް ސިޓީ އާއި އެހެނިހެން ތަކެތި އިދާރީ ކައުންޓަރުން ބަލައިގަނެވޭނެކަމަށް ވެސް އެ އޮތޯރިޓީއިން މައުލޫމާތު ދެއްވައެވެ.

26-06-14