1415 ޝޯވްގެ 5ވަނަ އެޕިސޯޑް ރިލީޒްކޮށްފި

ޓެކުހާ ގުޅޭ މައުލޫމާތު ފޯރުވައިދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން  ކޮންމެ މަހަކު އެއް ފަހަރު ނެރެމުންދާ އޮންލައިން ޝޯވް، '1415 ޝޯވް' ގެ 5 ވަނަ އެޕިސޯޑު 25 މޭ 2014 ގައި ވަނީ ރިލީޒްކޮށްފައެވެ. މިއީ ޓީ.ވީ އަދި ވިޝުއަލް ރޭޑިއޯ ޕްރޮގްރާމުތައް ބަލަން ދަތިވާ ފަރާތްތަކާއި، އަމިއްލަ ވަގުތުގައި ފަސޭހަގޮތުގައި މައުލޫމާތު ލިބިގަތުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މީރާއިން އިން-ހައުސްކޮށް ތައްޔާރުކޮށް ގެނެސްދޭ ޝޯވްއެކެވެ.

މި ފަހަރުގެ ޝޯވްގައި ޓެކުހާ ގުޅޭ ތަފާތު މައުލޫމާތުގެ އިތުރުން، އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާއަށް ލިބުނު އާމްދަނީ އަދި މުވާސަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުމާ ގުޅިގެން އާންމުންނަށް ބޭނުންވާނެ މުހިއްމު މައުލޫމާތުގެ އިތުރުން ޓެކުހާ ގުޅޭ ބޭނުންތެރި މައުލޫމާތު މި ފަހަރުގެ ޝޯވްގައި ހިމެނިފައިވެއެވެ.

މީރާގެ ވެބްސައިޓް www.mira.gov.mv ގައި އަޕްލޯޑްކޮށްފައިވާ 15 މިނެޓުގެ މި ޝޯވް ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު އިންޓަރނެޓް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި މި ޕްރޮގްރާމްގެ އިތުރު އެޕިސޯޑްތައް ކޮންމެ މަހަކު އެއްފަހަރު ނެރެމުން ގެންދެވޭނެއެވެ.

24-05-14