1 މޭ އިން ފެށިގެން މުއާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުން

ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުއާޞަލާތީ ޚިދުމަތްތަކުން ކަނޑައެޅިފައިވާ ރޭޓަށްވުރެ އިތުރަށް ޖީ.އެސް.ޓީ ނެގުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށް މީރާއިން ހާމަކުރައްވައިފިއެވެ. 1 މޭ 2014 އިން ފެށިގެން މުއާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުމާ ބެހޭ ގޮތުން މީރާއިން ނެރުނު އިޢުލާނެއްގައި ވާ ގޮތުން، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ވިޔަފާރިތަކުން ޖީ.އެސް.ޓީ ނަގަންވާނީ 6% ގެ ރޭޓުގައެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ޖީ.އެސް.ޓީ ނަގަންވާނީ 8% ގެ ރޭޓުގައެވެ. އެއްވެސް ފަރާތަކުން މި ރޭޓުތަކަށްވުރެ އިތުރަށް ޖީ.އެސް.ޓީ ނަގާނަމަ އެ ކަން މީރާއަށް އެންގެވުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

މުއާޞަލާތީ ޚިދުމަތްތަކުގައި އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީގެ އަދަދު ނުހިމަނައި ކަމަށާއި، އެ ކަން އަންގައިދޭ ނޯޓިސްއެއް ވިޔަފާރި ކުރާ ތަންތަނުގައި އާންމުންނަށް ފެންނަން ހުންނާނެހެން ބަހައްޓަންވާނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

05-05-14