ޖަނަވަރީ މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 1.3 ބިލިއަން ރުފިޔާ ލިބިއްޖެ

2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 1.3 (އެކެއް ޕޮއިންޓް ތިނެއް) ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މި އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %3.1 (ތިނެއް ޕޮއިންޓް އެކެއް އިންސައްތަ) އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ލިބިފައިވާ އަދަދަށްވުރެ %23.9 (ތޭވީސް ޕޮއިންޓް ނުވައެއް އިންސައްތަ) އިތުރު އަދަދެކެވެ.

ވޭތުވެދިޔަ ޖަނަވަރީ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. ބީ.ޕީ.ޓީއިން ޖުމުލަ 657.8 (ހަސަތޭކަ ފަންސާސްހަތެއް ޕޮއިންޓް އަށެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީއިން ޖުމުލަ 411.5 (ހަތަރުސަތޭކަ އެގާރަ ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ.

13-02-14