2013 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 3 ފެބުރުވަރީ 2014

2013 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމުގައިވާ 31 ޖަނަވަރީ 2014 އަކީ ރަސްމީ ބަންދު ދުވަހެއްކަމުން، އެ ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 3 ފެބުރުވަރީ 2014 އެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ. އެހެންކަމުން، މިހާތަނަށް 2013 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން، މި ސުންގަޑިއަށް ސަމާލުވެ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމަށް މީރާއިން އިލްތިމާސް ކުރައްވައެވެ.

01-02-14