2013 ވަނަ އަހަރުގެ ބީ.ޕީ.ޓީ ގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑި ކައިރިވެއްޖެ

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2013 ގެ ދެވަނަ އިންޓެރިމް ޕޭމަންޓާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚުކަމުގައިވާ 31 ޖަނަވަރީ 2014 ގެ ކުރިން ފައިސާ ދައްކައި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެކައެވެ. އަމިއްލަ ފަރުދުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހެނީ އެ ޓެކްސް އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް އަރާ ފަރާތްކާއި، އެ ފަރާތެއްގެ ޖުމުލަ އާމްދަނީ 750,000ރ (ހަތް ލައްކަ ފަންސާސް ހާސް ރުފިޔާ) އަށް އަރާ ފަރާތްތަކުންނެވެ. އަމިއްލަ ފަރުދުން ނޫން އެހެން ހުރިހާ ފަރާތްތަކުން ކިތަންމެ ކުޑަ ވިޔަފާރިއެއް ކުރިނަމަވެސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ. 2013 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން، ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ވީހާވެސް އަވަހަށް ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރައްވައެވެ.

ޖަނަވަރީ މަހުގެ ފަހު ހަފްތާއަކީ ގިނަ ފަރާތްތަކަކުން ޓެކްސް ދެއްކުމަށް އަންނާނެ ހަފްތާއެއްކަމުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ދުރާލާ މި ސުންގަޑިއަށް ސަމާލުވުން މުހިންމެވެ.

16-01-14