ޖީ.އެސް.ޓީ ނުދައްކައިގެން މީރާއިން އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށަހަޅައިފި

އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ ނުދެއްކުމުގެ ސަބަބުންނާއި، ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައި ނުވުމާއި ފައިސާ ދައްކައިފައި ނުވުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް މީރާއިން އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފިއެވެ.

22 ޑިސެންބަރު 2013 ގައި މީރާއިން ކޯޓަށް ހުށަހަޅައިފައިވާ މި މައްސަލައިގައި އާޓްލައިން ޑިޒައިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެ ތާރީޚުގެ ނިޔަލަށް، ޖީ.އެސް.ޓީ ފައިސާއާއި ޖޫރިމަނާއާ އެކު ޖުމުލަ 134,290ރ. (އެއް ލައްކަ ތިރީސް ހަތަރު ހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ) ދައުލަތަށް ނުދައްކައިވެއެވެ. އަދި މީގެ ތެރެއިން، ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަށް ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާ އަދި ޖީ.އެސް.ޓީގެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާ އަކީ ބަޔާން ހުށަހަޅައި އަދި ފައިސާ ދައްކައި ޚަލާސްކުރަންދެން އަރަމުންދާނެ ޖޫރިމަނާއެކެވެ.

29-12-13