ނޮވެންބަރު މަހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 495.8 މިލިއަން ރުފިޔާ ލިބިއްޖެ

2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 495.8 (ހަތަރުސަތޭކަ ނުވަދިހަފަހެއް ޕޮއިންޓް އަށެއް) މިލިއަން ރުފިޔާ ލިބިއްޖެއެވެ. މި އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %3 (ތިނެއް އިންސައްތަ) އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ %22.8 (ބާވީސް ޕޮއިންޓް އަށެއް އިންސައްތަ) އިތުރު އަދަދެކެވެ.

ވޭތުވެދިޔަ ނޮވެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީއިން ޖުމްލަ 296.7 (ދުއިސައްތަ ނުވަދިހަ ހައެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ޓެކުހުންނެވެ. ޓޫރިޒަމް ޓެކުހުން ޖުމްލަ 80.1 (އައްޑިހަ ޕޮއިންޓް އެކެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނޮވެންބަރު މަހުގެ އާމްދަނީއާ އެކު މިހާތަނަށް މިއަހަރު 8.2 (އަށެއް ޕޮއިންޓް ދޭއް) ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވެއެވެ.

09-12-13