ދިވެހިރާއްޖެއަށް އަޓައިކްގެ މެންބަރުކަން ލިބިއްޖެ

އެސޯސިއޭޝަން އޮފް ޓެކްސް އޮތޯރިޓީސް އޮފް އިސްލާމިކް ކަންޓްރީޒް (އަޓައިކް) ގެ މެންބަރަކަށް ދިވެހިރާއްޖެ ވެއްޖެއެވެ. ދިވެހިރާއްޖެއަށް އަޓައިކްގެ މެންބަރުކަން ލިބިފައިވަނީ 10 ވަނަ އަޓައިކް ޓެކްނިކަލް ކޮންފެރެންސްގައެވެ. ދިވެހިރާއްޖެއަކީ މި އެސޯސިއޭޝަންގެ މެންބަރުކަމަށް ހޮވިފައިވާ 28 ވަނަ ގައުމެވެ.

 އެސޯސިއޭޝަން އޮފް ޓެކްސް އޮތޯރިޓީސް އޮފް އިސްލާމިކް ކަންޓްރީޒް އަކީ އިސްލާމީ ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ ހިންގުމާއި، ޓެކުހާއި ޒަކާތާ ގުޅުންހުރި ޕޮލިސީތައް އިތުރަށް ހަރުދަނާކުރުމަށް އުފެދިފައިވާ ޖަމްޢިއްޔާއެކެވެ. މެންބަރު ގައުމުތަކުގެ މެދުގައި ޓެކުހާ ގުޅުންހުރި މުހިއްމު ކަންތައްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމަށް އަޓައިކުން ތަފާތު ގިނަ ހަރަކާތްތައް ހިންގައެވެ.

02-12-13