ރަމަޟާން މަހު މީރާއިން ޚިދުމަތް ދޭ ގަޑިތައް ހާމަކުރައްވައިފި

1434 ވަނަ އަހަރުގެ ރަމަޟާން މަހުގައި މީރާއިން ޚިދުމަތް ދޭނެ ގަޑިތައް މިއަދު ހާމަ ކޮށްފިއެވެ. ރަމަޟާން މަހު ހަފްތާއަކު ހަ ދުވަހު އަދި ސަރުކާރުގެ އެހެން އޮފީސްތަކަށް ވުރެ އިތުރު ވަގުތުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް 9:00 އިން 14:30 އަށް ޚިދުމަތް ދެވޭނެ ކަމަށާއި، ހޮނިހިރު ދުވަހު 10:00 އިން 14:30 އަށް ޚިދުމަތް ދެވޭނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ.

 

      ޓެކްސް ނުވަތަ އެހެނިހެން ފީ ބަލައިގަތުމަށް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ނަންބަރު ދޫކުރެވޭނީ 9:00 އިން 13:00 އަށެވެ. އަދި ހޮނިހިރު ދުވަހު ޓެކްސް ނުވަތަ އެހެނިހެން ފީ ބަލައިގަތުމަށް ނަންބަރު ދޫކުރެވޭނީ 10:00 އިން 13:00 އަށެވެ. އަދި ވިސާ ފީ ބަލައިގަތުމަށް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ނަންބަރު ދޫކުރެވޭނީ 09:00 އިން 12:00 އަށެވެ. އަދި ހޮނިހިރު ދުވަހު ނަންބަރު ދޫކުރެވޭނީ 10:00 އިން 12:00 އަށެވެ. އަދި އޮފީސް ހުޅުވިފައިވާ ކޮންމެ ދުވަހަކު އޮފީސް ހުޅުވާ ގަޑިން ފެށިގެން 14:30 އަށް ސިޓީ އާއި އެހެނިހެން ތަކެތި އިދާރީ ކައުންޓަރުން ބަލައިގަނެވޭނެއެވެ.

 

07-07-13