މީރާގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ސުންގަޑި

ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް މީރާގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކުން އެފަރާތްތަކުގެ ވިޔަފާރި މީރާގައި ރަޖިސްޓަރީ ކުރުމަށް މިއޮތޯރިޓީއިން އިލްތިމާސް ކުރަމެވެ.

މިހާރު ވިޔަފާރި ކުރަމުން ގެންދާ ފަރާތްތަކުން 29 ޖުލައި 2013 ގެ ނިޔަލަށް އެފަރާތެއްގެ ވިޔަފާރި މީރާގައި ރަޖިސްޓަރީ ކުރުމަށާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކުން ވިޔަފާރި ފެށުމުގެ 60 ދުވަހުގެ ތެރޭގައި މީރާގައި ރަޖިސްޓަރީ ކުރުމަށް އަންގަމެވެ. އަދި މި ފަރާތްތަކުގެ ތެރެއިން އެ ފަރާތެއްގެ ސުންގަޑިއަށް މީރާގައި ރަޖިސްޓަރީ ނުކުރާ ފަރާތްތައް ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާއިދުގެ ދަށުން، ދުވާލަކަށް 50 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ޤާނޫނުގައި ކަނޑައަޅާފައިވާގޮތުން ވަޒީފާ އަދާކުރުން ފިޔަވައި މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ މަޤްސަދުގައި ހިންގާ އެންމެހާ ހަރަކާތްތައް ބެލެވެނީ ވިޔަފާރީގެ ގޮތުގައެވެ. މީގެ ތެރޭގައި ގޯތިގެދޮރު ކުއްޔަށްދީގެން އާމްދަނީ ހޯދުންވެސް ހިމެނެއެވެ. މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށް MIRA 101 ފޯމު ފުރިހަމަ ކުރުމަށްފަހު މި އޮތޯރިޓީއަށް ނުވަތަ އަތޮޅުތެރޭގައިނަމަ އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ހުށަހެޅުމަށް އަންގަމެވެ.

02-07-13