މީރާއާއި އިންލަންޑް ރެވެނިއު ބޯޑް އޮފް މެލޭޝިއާ އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރައްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންލަންޑް ރެވެނިއު ބޯޑް އޮފް މެލޭޝިއާ އާ ދެމެދު މެމޮރެންޑަމް އެފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި 13 މެއި 2013 ގައި ސޮއިކޮށްފިއެވެ. މިއީ މީރާ އާއި އެހެން ޤައުމެއްގެ ޓެކްސް އޮތޯރިޓީއަކާ އެކު ވެވުނު ފުރަތަމަ އެއްބަސްވުމެވެ.

މި އެމް.އޯ.ޔޫ އަކީ ދެ މުއައްސަސާގެ ދެމެދު ގުޅުން ބަދަހިކޮށް، ޓެކްސް ނިޒާމް ތަންފީޒު ކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވުމަށާއި، ދެ މުއައްސަސާގެ މުވައްޒަފުން ތަމްރީންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ވެވިފައިވާ އެއްބަސްވުމެކެވެ. އަދި މި އެމް.އޯ.ޔޫ ގެ ދަށުން ރާއްޖޭގެ ޓެކްސް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް އިންލަންޑް ރެވެނިއު ބޯޑް އޮފް މެލޭޝިއާގެ އެހީތެރިކަން ލިބިގެންދާނެއެވެ.

އެމް.އޯ.ޔޫގައި ސޮއިކުރެވުނީ 13 މެއި 2013 ވީ ހޯމަ ދުވަހު މެލޭޝިއާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. އަދި އިންލަންޑް ރެވެނިއު ބޯޑް އޮފް މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކެޓިވް އޮފިސަރ، ތާން ޝްރީ ޑރ. މުޙައްމަދު ޝުކޫރު މަޙްފަރެވެ.

14-05-13