ސިންގަޕޯރ ކޯޕޮރޭޝަން އެންޓަރޕްރައިޒުން މީރާ މުވައްޒަފުންނަށް ބޭއްވި ދެ ވަރކްޝޮޕެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސިންގަޕޯރ ކޯޕޮރޭޝަން އެންޓަރޕްރައިޒުން މީރާގެ މުވައްޒަފުންނަށް ބޭއްވި އޮޑިޓް އެންޑް އިންވެސްޓިގޭޝަން ވަރކްޝޮޕް އަދި ޓެކްސްޕޭޔަރ ސަރވިސް އެންޑް ސަޕޯޓް ވަރކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު މީރާގައި ބާއްވައިފިއެވެ.

 

20 މެއި 2013 އިން 29 މެއި 2013 އަށް ކުރިއަށް ގެންދެވުނު މިވަރކްޝޮޕްތަކަކީ މީރާގެ މުވައްޒަފުންގެ ޤާބިލްކަން އިތުރަށް ތަރައްޤީ ކުރުމަށް ހިންގިފައިވާ ވަރކްޝޮޕްތަކެކެވެ. އަދި މިވަރކްޝޮޕްތަައް މެދުވެރިކޮށް ސިންގަޕޫރުގައި ޖީ.އެސް.ޓީ ތަޢާރަފުކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި ސިންގަޕޫރުގެ ޓެކްސް އޮތޯރިޓީކަމުގައިވާ އިންލަންޑް ރެވެނިއު އޮތޯރިޓީ އޮފް ސިންގަޕޯ (އައިރާސް)ގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅުންގެ ތަޖްރިބާއިން އުނގެނުމުގެ ފުރުޞަތު މީރާގެ މުވައްޒަފުންނަށް ލިބިފައިވެއެވެ.

 

ނިމުނު މިދެ ވަރކްޝޮޕްގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން 3 ވަނަ ވަރކްޝޮޕެއް އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް އާ ގުޅޭ ގޮތުން ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

 

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ސިންގަޕޯރ ކޯޕޮރޭޝަން އެންޓަރޕްރައިޒް (އެސް.ސީ.އީ) އާ ދެމެދު ވެވިފައިވާ 'ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އޮން ޓެކްސް އެންޑް ޓްރޭޑް ފެސިލިޓޭޝަން އިން ދަ މޯލްޑިވްސް' އެއްބަސްވުމުގެ ދަށުން އެސް.ސީ.އީ އިން މީރާގެ މުވައްޒަފުންނަށް ހިންގަވައިދެއްވާ ތަމްރީން ޕްރޮގްރާމްތަކެކެވެ.

 

 

29-05-13