ދައްކަން ޖެހިފައިވާ ފައިސާއާއި ގުޅިގެން ހޯދާ ނުފެނިފައިވާ ފަރާތެއްގެ މަޢުލޫމާތު މީރާއިން އާންމުކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ ފަރާތެއްގެ މަޢުލޫމާތު މީރާއިން މިއަދު ހާމަކޮށްފިއެވެ.

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާވާ ފަރާތްތަކުގެ ތެރެއިން ހޯދާ ނުފެނިފައިވާ ފަރާތްކާމެދު އަމަލުކުރުމަށް މީރާއިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ނަން އިޢުލާން ކުރެވިފައިވާ ފަރާތަކީ ކ.މާލެ، މއ. ފޭރުގެ މުޙައްމަދު ރަޝީދު އެވެ. އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރަކީ A049348 އެވެ.

މިފަރާތާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މީރާގެ ހޮޓްލައިން 1415 ނުވަތަ ފޯނު 3322261 ނުވަތަ 3339579 އަށް ގުޅުމަށް ނުވަތަ 3316577 އަށް ފެކްސް ކުރުމަށް ނުވަތަ enforcement@mira.gov.mv އަށް އީމެއިލް ކޮށް އެމަޢުލޫމާތު ހިއްސާ ކޮށްދެއްވުމަކީ މިއޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

14-05-13