ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމުގައި އަމަލުކުރަންވީ އުސޫލު

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ނަންބަރ 10/96) ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ ކޮންމެ އަހަރެއްގެ 31 މާރޗް ކަމުގައި ވީނަމަވެސް، މިތާރީޚުގެ ކުރިން އުވާލުމަށް ހުށަހަޅާފައިވާ ކުންފުނިތަކުން އެއަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމްވެގެން ނުވާކަމަށް ހަމަޖެހިއްޖެއެވެ. އެހެންނަމަވެސް، ކުންފުނި އުވާލަން ހުށަހަޅާފައިވަނީ އެއަހަރުގެ 31 މާރޗްގެ ފަހުން ކަމުގައިވާނަމަ އެއަހަރަށް އެކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެއެވެ.

           

      މީގެ އިތުރުން، 31 މާރޗް 2013 ގެ ނިޔަލަށް ކުންފުނި އުވާލުމަށް ހުށަހަޅާފައިނުވާ އަދި އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކުން، 31 މެއި 2013 ގެ ކުރިން ކުންފުނި އަހަރީ ފީ އާއި، އެފީ ސުންގަޑިއަށް ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާ، ދައްކައި ޚަލާސްކުރުމަށް މިއޮތޯރިޓީއިން އިލްތިމާސް ކުރަމެވެ. އަދި 31 މެއި 2013 ގެ ނިޔަލަށް ފައިސާ ނުދައްކާ ކުންފުނިތަކާމެދު ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި، ކުންފުނި އަހަރީ ފީގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މިއޮތޯރިޓީގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

06-05-13